ދުނިޔޭގެ ރިކޯޑެއް ފުރިހަމަކުރަން ބޭނުންތަ؟ 'ނޭވާ2' ގައި ބައިވެރިވެލާ!

ގީނިސް ވޯލްޑް ރިކޯޑެއްގައި ބައިވެރިވާން ބޭނުންވޭ ހެއްޔެވެ؟ ފަތަން ނޭންގުނަސް މޫދު އަޑީގައި 2 މިނިޓް ނޭވާ ހިފަހައްޓާލެވޭނެ ހެއްޔެވެ؟ އެހެންވިއްޔާ އަވަހަށް 'ނޭވާ 2' އިވެންޓްގައި ބައިވެރިވެލާށެވެ. ދުނިޔޭގެ ރިކޯޑެއް ގާއިމުކުރުމަށް 'ފްރީޑައިވް މޯލްޑިވްސް' އިން 12 ރިސޯޓެއްގައި ކުރިޔަށް ގެންދަން ނިންމާފައިވާ 'ނޭވާ 2' ގައި ބައިވެރިވެގެން ދުނިޔޭގެ ރިކޯޑެއްގައި ބައިވެރިވެވުނީއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ 1 އޮކްޓޯބަރުގައި ބާއްވާ މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވަނީ ޖޫން މަހުގެ 30 ވަނަ […]
ޒީޓައިމްސް ބަދިގެ: ހަށިގަނޑަށް ފިނިކަން ލިބިދޭ ފައިދާހުރި ބުއިމެއް

ބޭނުންވާތަކެތި: ½ ޖޯޑު ކާށިކިރު ¼ ޖޯޑު އިސްބަގުލު (ފޯކޮށްފަހުރި) 1 މޭޒުމަތީ ސަމުސާ މާމުއި 1 ސައިސަމުސާ ވެނީލާ އެސެންސް 1 އަންނާރު (އޮށްނަގާފަ) ¼ ޖޯޑު އަލްމަންޑް (ކޮށާފަ) ތައްޔާރުކުރާނެ ގޮތް: މާމުއި، އެސެންސް އަދި އިސްބަގުލު އެއްކުރުމަށްފަހު އޭގެ ދެބައިކުޅަ އެއްބައި ތައްޓަކަށް އަޅާށެވެ. އެއަށްފަހު އަލްމަންޑް އަޅާފަ އޭގެ މައްޗަަށް އަންނާރު އަދި ބާކީހުރި އިސްބަގުލު، އަންނާރު އަޅާށެވެ. އެންމެފަހުން ކާށިކިރު އަޅާށެވެ. އެއަށްފަހު ތަށީގަ މަތިޖެހުމަށްފަހު ހަތަރު ވަރަކަށް ގަޑިއިރު […]