ޒީޓައިމްސް ފޮޓޯ: ޗުއްޓީއަށް ދާން ވަރަށް ރީތި ތަނެއް!

ފޮޓޯތަކުން މިފެންނަނީ ބެންކޮކްގެ 'ކައޮޔާއި' އެވެ. ގުދުރަތީ ރީތި މަންޒަރުތަކަށް ލޯބިކުރާ މީހުންނަށް މިއީ ވަރަށް މަގުބޫލު މަންޒިލެކެވެ. ކުރިއަށްއޮތީ ސުކޫލު ޗުއްޓީއަށް ވާއިރު މި ޗުއްޓީގައި ބެންކޮކަށް ދާ މީހުންނަށް މިއީ ދާން ރަނގަޅު މަންޒިލެކެވެ. ފޮޓޯތައް ނަގާފައިވަނީ ޒީޓައިމްސްގެ ލިޔުންތެރިޔާ މަމްދޫދާ އަބްދުﷲ (ދޫދަ) މިތަނަށް ޒިޔާރަތް ކުރުމަށްފަހުއެވެ.
ފިތުނަވެރިކަން: އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ!

ފިތުނަވެރިކަމަކީ ވަރަށް ނުބައިކަމެކެވެ. މުޖުތަމަޢު ހަލާކުކުރާކަމެކެވެ. ޢާއިލާތައް ރޫޅިގެންދާ ކަމެކެވެ. ދެ އަޚުންގެ ދެމެދުގައިވާ ގުޅުން ކެނޑިގެންދާކަމެކެވެ. ފިތުނަވެރިކަމުގެ ސަބަބުން މުޖުތަމަޢުގެ ޞުލްޙަވެރިކަން ގެއްލިގެންދެއެވެ. މުޖުތަމަޢުގައި އުޅޭ އަފްރާދުންނަށް އޮތް އަމާންކަމާއި، ހިތްހަމަޖެހުން ގެއްލޭކަމަކަށް މެނުވީ ފިތުނަވެރިކަން ނުވެއެވެ. ކާފިރުކަމަކީ މާތްﷲގެ ޙަޟްރަތުގައި އެންމެ ނުބައި ޢަމަލެވެ. ފިތުނަވެރިކަމުގެ ނުބައިކަން ބޮޑުކަމުން، ކީރިތި ޤުރްއާނުގައި ކާފިރުކަމާއި، ފިތުނަވެރިކަން އެއް މާނައެއްގައި ޞިފަކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَالفِتْنَةُ أشَدّ مِنَ القَتْل" (البقرة 191). މާނައީ: "އަދި قتل […]