ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވެ އެކަލޭގެފާނު ދިފާޢުކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް!

ދުނިޔޭގެ ތާރީޚު ލިޔުއްވާ ބޭބޭކަލުން ފާހަގަކުރައްވާގޮތުގައި އިންސާނުން އަޚްލާޤީ ގޮތުންނާއި، ދީނީގޮތުން، އެންމެ ދަށުދަރަޖަ އަކަށް ވެއްޓިފައިވީ ދުވަސްވަރަކީ، މީލާދީގޮތުން ފަސްސަތޭކައިގެ އަހަރުތަކެވެ. އެދުވަސްވަރުގެ މުޖުތަމައުގައި އަރައިނުގަންނަ ފާފައެއް ނެތެވެ. ނުކުރާ ހަޑި މުޑުދާރު އަމަލެއް ނެތެވެ. އަޅުކަން އެއިރު ކުރީ އަމިއްލަ އަތްތަކުން ކޮށާމަށައިގެން އަމިއްލައަށް އުފެއްދި ބުދުތަކަކަށެވެ. މިފަދަ ދަށުދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، ނަރަކައިގެ މިފުން އަނދަވަޅުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރެއްވުމަށްޓަކައި، މާތްﷲ ފޮނުއްވި މާތް ރަސޫލު ބޭކަލަކީ މާތް ނަބިއްޔާ މުހައްމަދު […]