އޭދަފުށީ ފާޠިމަތު: ޝައިތާނީ އަވާގައި ކުރި ނާމާން ދަތުރު

ފާޠިމަތު ޙަމީދާ އަކީ ބ.އޭދަފުށްޓަށް އުފަން އުމުރުން 86 އަހަރުވެފައިވާ މީހެކެވެ. ސަކަމިޒާޖެއް ހުންނަ ފާތިމަތު، އާއްމު ނަމުންނަމަ 'ހައްވަކުއްޖާ' އަށް އޭނާގެ އުމުރުން އަށެއްކަ އަހަރުގައި ދިމާވީ ވަރަށް ތަފާތު ބިރުވެރި ހާދިސާއެކެވެ. އެޒަމާނަކީ ގަސްބޯ ޖަންގަލި ހެދިފައިވާ ޒަމާނެއް ކަމުން މިކަހަލަ ބިރުވެރި ހާދިސާ މަދުންނަމަވެސް ދިމާވެއެވެ. ފާތިމަތު މެންގެއާއި ހިސާބުގައި އޭރުއޮތީ ހުސްގަހެވެ. ބޮޑެތި ބަނބުކެޔޮގަސް، ދިވެހިރުއް، މާކަށިކެޔޮ، ފުނަ، ކާނި، އުނި، މިދިލި، ދިއްގާ، ހިރުނދު، ޅޮސް ފަދަ ގަސްތަކުން އެހިސާބުގަނޑު […]