ސިގަރެޓް ބޯ ފިރިންގެ ސަބަބުން އަނބިންނަށް ކެންސަރު އެބަޖެހޭ- ޑރ.މުހައްމަދު އަލީ

ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ ގިނަ އަދަދެއްގެ މީހުން އުޅެއެވެ. މީގެތެރޭގައި ސްކޫލުތަކުގައި ކިޔަވާކުދިން ފެށިގެން ހުރިހާ އުމުރެއްގެ މީހުން ހިމެނެއެވެ. ދުންފަތުގެ ސަބަބުން ކެންސަރުޖެހޭއިރު، ރާއްޖޭގައި ކެންސަރު ބަލި ތަހައްމަލު ކުރާ ގިނަ އަދަދެއްގެ މީހުން އެބައުޅެއެވެ. ވީޓީވީ އިން ގެނެސްދިން 'ބޮޑު ފެންޑާ' ޕްރޮގްރާމްގަ ވާހަކަދައްކަވަމުން އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ހަމައެކަނި ބަލިޖެހެނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހާ އެކަނި ނޫންކަމަށެވެ. " އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަލި […]
ކުރުވާހަކަ: ޓިކްޓޮކް

އިރުގެ ރަންދޯދިތައް އެއައި ބާރުމިނުގައި އައިސް ވަދެ ތޮރުފާލީ ކުޑަދޮރުގައި ދަމާފައިވާ ލޭސްފޮތީގެ ދޮރުފޮތިގަނޑެވެ. ދޮރުފޮތިގަނޑު ފޫއަޅުވާލާފައި ސީދާ އަކްރަމްގެ މޫނަށް އަލިއެޅިފައިވާއިރު ޗާލު ފޮޓޯއެއް ނަގާލަން އެފަދަ ދެވަނަ މަންޒަރެއް ނެތެވެ. އަކްރަމް ލޯހުޅުވާލީ އޭނާގެ ލޮލަށް އާދަޔާ ޚިލާފަށް އަލިވާތީއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާ ދެކޮޅުބަލާލިއިރު އޭނާއަށް މި އޮވެވުނީ އެނދުގެ ފައިލާކޮޅުގައެވެ. ރޭ ހޭލާ އޮވެވުނީ ކިހާއިރަކަށްކަމެއް އަދި ނިދުނީ ކިހާއިރަކުކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭނީވެސް ކިހިނެއްހެއްޔެވެ. މުޅިރޭ އެއްކޮށްހެން […]