ފެޓީ ލިވަރ އަދި ކެންސަރުން ދުރުކޮށްދޭ މޭވާއެއް

ޑްރެގަން ފުރުޓަކީ އާދަޔާ ޚިލާފު ބައްޓަމަކަށް ހެދިފައި ހުންނަ މޭވާއެކެވެ. މިމޭވާއަށް ކިޔާއުޅޭ އިތުރު ނަންތަކެއްވެސް ހުރެއެވެ. އެއީ ޕިޓަހަޔަރ އަދި ސްޓްރޯބެރީ ޕެއަރއެވެ. އެހެންނަމަވެސް އާއްމުގޮތެއްގައި ކިޔާ އުޅެނީ ޑްރެގަން ފުރުޓެވެ. މީގެ ބޭރުގައި ގަދަ ފިޔާތޮށި ކުލައިގެ ބޯކޮށް ހުންނަ ތޮއްޓެއް ހުރެއެވެ. ފެހިކުލައިގެ ކަށިތަކެއް ކަހަލަ ފަތްތަކެއްގެ ބޭރުގައި ހުންނައިރު މިމޭވާއަކީ ބަލާބެލުމަށް ރީތިވެސް މޭވާއެކެވެ. އޭގެ އެތެރެ އިންނަނީ ހުދުކުލަ ތެރޭގައި ކަޅު ކުލައިގެ އޮށްތަކެއްހެންނެވެ. ދެވައްތަރެއްގެ ޑްރެގަންފުރުޓެއް ހުރެއެވެ. އަނެއްބައި […]