ރަޢުޔު އާންމުކުރަން ފަސްޖެހޭނަމަ އިސްލާމިކް މިނިސްޓްރީގެ ބޭނުމެއް ނެތް!

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުގައި ވަރަށް ތަފްސީލްކޮށް ވަނީ އެމިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލް އާންމުކޮށްފައެވެ. ފުރަތަމަ ކަމަކަށް ވެސް ބަޔާންކޮށްފައިވަނީ ދީނީ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި، ދައުލަތުގެ ފަރާތުން އިސްލާމީ ޝިޢާރު ފާޅުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުމެވެ. އަދި ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުން މަނާކުރުމާއި، މިފަދަ މާނައެއް ކުރެވޭގޮތަށް ހިންގާ ކަންތައްތައް މަނާކުރުމާއި، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ. މީގެއިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް […]
ރަސޫލާ ﷺ ގެ ސީރާ: ޢުޠުބާ ދާހިއްލާ ތުރުތުރުއަޅަން ދިމާވި ސަބަބު!

އެއްފަހަރު އެމީހުން އަބޫ ޠާލިބުގެ ގެކޮޅުގައި ރަސޫލާ ﷺ އާއި ބައްދަލުކުރިއެވެ. އަބޫ ޠާލިބާއެކު ބޭއްވުނު މިބައްދަލުވުމުގައި އެމީހުން ހުށަހެޅީ އެކަލޭގެފާނު ދީނަށް ގޮވައިލެއްވުން ހުއްޓާލައްވާނެގޮތެއް ވިދާޅުވެދެއްވުމަށެވެ. އެކަލޭގެފާނު ވިދާޅުވި ކޮންމެކަމެއް ކުރަން މުޝްރިކުން ތިބީ ތައްޔާރަށެވެ. ދެން ރަސޫލާ ﷺ އެދިވަޑައިގަތީ އެމީހުން އެންމެ ކަލިމައެއް ވިދާޅުވުމަށެވެ. ވީއުފަލެއްގެ ބޮޑުކަމުން އަބޫ ޖަހުލު ދެންނެވީ އެކެއް ކިއެއްތަ ދިހަ ކަލިމަވެސް އެމީހުން ކިޔާނެކަމަށެވެ. ދެން އެކަލޭގެފާނު ވިދާޅުވީ ލާއިލާހައިއްލަﷲ އެވެ. ޖަވާބުގައި އަބޫ ޖަހުލު ދެންނެވީ އެމީހުންގެ […]