މަލާމާތާއި ފުރައްސާރައިގެ ތެރެއިން، އެހެން މީހުންނަށް ހިތްވަރަކަށް!

މަރިޔަމް ޝަފިއްޔާ ސްޓައިންހިލްބާގެ ނަން ގިނަބަޔަކު ފާހަގަކުރަނީ ދިމާވި ގޮންޖެހުންތަކާއި އެކުވެސް، ހޮސްޕިޓަލިޓީ ދާއިރާގައި މެދުކެނޑުމެއްނެތި ދިގު ރާސްތާއެއް ކަނޑަތުކޮށްފައިވާ ފިސާރި އަންހެނެއްގެ ގޮތުގައެވެ. އުމުރުން އެންމެ 16 އަހަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އޭނާ ވަނީ ވެއިޓްރެސްއެއްގެ ގޮތުގައެވެ. ޒުވާން އުމުރުގައި އެދާއިރާގައި ކުރި ތަފާތު ތަޖުރިބާތަކާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ހޭލުންތެރިކޮށް ޝައުޤު އުފެއްދުމަށް މަސައްކަތް ކުރާ ހިތްވަރުގަދަ ކަނބަލެއްގެ ގޮތުގައެވެ. ކުދި ވިޔަފާރިތައް ކުރިއެރުވުމުގައި އެކިގޮތްގޮތުން އެހީތެރިވެދޭ ފަރާތެއްގެ ގޮތުގައެވެ. ޒަމާނުއްސުރެ ބަދަލުނުވެ އޮތް […]