ލިޢާންކުރާ ދެމީހުނަށް ދުވަހަކުވެސް ކައިވެންޏެއް ނުކުރެވޭނެ

ޢަރަބިބަހުގައި ލިޢާން ނެގިފައިވަނީ ލަޢުން މިބަހުންނެވެ. ލަޢުނަކީ މާތް ﷲގެ ރަޙްމަތާއި އޯގާތެރިކަމުން ބޭރުކޮށްލުމެވެ. މާތްﷲ ވަޙީކުރައްވަނީ : "أُولَـئِكَ يَلعَنُهُمُ اللّهُ وَيَلْعَنُهُمُ اللَّاعِنُونَ" (البقرة 159). މާނައީ: "އެއުރެންނަށް ﷲ ލަޢުނަތް ލައްވާނެތެވެ. އަދި ލަޢުނަތްދޭ މީހުންވެސް އެއުރެންނަށް ލަޢުނަތް ދޭނެތެވެ." މިއާޔަތުގައި "ލަޢުނަތް ދޭނެތެވެ" ބުނެވޭބަހުގެ މާނައަކީ މާތްﷲގެ ރަޙްމަތުން ދުރުކުރެވުމެވެ. ނުވަތަ ބޭރުކޮށްލުމެވެ. ލިޢާން ކިޔުނީވެސް މާތްﷲގެ ރަޙްމަތުން ދުރުކުރެވޭތީއެވެ. ލިޢާންއަކީ ތިމާގެ އަމިއްލަ ނަފްސު ފިޔަވައި އިތުރު އެއްވެސް ހެއްކެތްނެތި […]