ފޮޓޯއިން މައުލޫމާތު: ދެވަނަ ފިޔަވަހީގެ ރުއްގަނޑު ކުޅިވަރު ހަރަކާތްތަކަށް!

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވެސް ރުއްގަނޑު1 އަދި ރުއްގަނޑު2 ގެ ނަމުން މަޝްހޫރު ސަރަހައްދުތަކެއް ހުރެއެވެ. މި ސަރަހައްދުގައި ތަފާތު ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމުން އެ ތަނުގައިވެސް ރުއްގަނޑުގެ ނަމުން ނަންދެވިފައިވާ ޚާއްސަ ސަރަހައްދެއް ވަނީ ގާއިމްކޮށްފައެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދޭގޮތުގައި ދެވަނަ ފިޔަވަހީގެ ރުއްގަނޑު ޚާއްސަކޮށްފައިވަނީ ކުޅިވަރު ހަރަކާތްތަކަށެވެ. " މިތަނުގައި ބާއްވާ ކުޅިވަރުތަކަކީ އެޗްޑީސީ އާއި ގުޅިގެން ބާއްވާ ކުޅިވަރުތައް. […]
މަންމަ އާއި ދަރިއެއްގެ ތަފާތު ދިރިއުޅުން!

ދުނިޔޭގައި އުޅޭއިރު އެކި މީހުންގެ ދިރިއުޅުމުގެ ހާލަތު ހުންނާނީ އެކިގޮތަށެވެ. އެއްބަޔަކު ޒަމާނީ ފެންވަރުގެ ދިރިއުޅުމަށް ލޯބި ކުރާއިރު އަނެއްބަޔަކު ލޯބި ކުރަނީ ރަށްފުށުގެ ހަމަހިމޭން ދިރިއުޅުމަށެވެ. އެއްބަޔަކަށް ޒަމާނީ ވަސީލަތްތައް ނުލިބި އުޅެން އުދަގޫ ނަމަވެސް އަނެއްބަޔަކު ދަނީ ޒަމާނީ ވަސީލަތްތައް ނެތި، ދިރިއުޅުން އާރާސްތު ކުރަމުންނެވެ. ދާދިފަހުން މެލޭޝިއާގެ ޝޯޝަލް އެކްޓިވިސްޓެއް ކަމަށްވާ ކުއަން ޗީ ހެންގް ނުވަތަ އަންކަލް ކެންޓަންގެ ނަމުން މަޝްހޫރު ވެފައިވާ މިމީހާގެ ފޭސްބުކުން ފެނިގެންދިޔައީ އާދަޔާޚިލާފު ވާހަކައެކެވެ. މެލޭޝިއާގެ […]