ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަނަމަ ބަލިމަޑުކަމާއި، ނާމާންކަން ފެތުރޭނެ

އިންސާނާ ދިރިއުޅޭ ވެށި ތަޣައްޔަރުވެ، ފަސާދަވެ އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ އިންސާނާ ކޮށްއުޅޭ އަމަލުތަކުގެ ސަބަބުންކަން އެނގެއެވެ. ހަމަ އެއާއެކު އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ އަމަލުތައް ހެޔޮކޮށް، އޭނާގެ އަމިއްލަ ނަފުސު އިސްލާހުކޮށް، ދިރިއުޅޭ ވެށި ސާފުކޮށް ތާހިރު ކޮށްފިނަމަ، އެ ހުރިހާކަމެއް އަލުން ރަނގަޅުވާނެކަން އެނގެއެވެ. އެއީ އޭނާގެ އަތްމަތީގައި އޮތް ކަމެކެވެ. " މާތް ﷲ ގެ އަމުރުފުޅުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓާނަމަ، މުޖުތަމައު އިސްލާހުވެ ބަލިތަކާ ދުރުވެ ސިއްހަތަށް ރައްކާތެރިކަން ލިބޭނެ. އެއާ […]
އުމުރު ހަގުކޮށް މިއަހަރު ގުރޭޑު 1 އަށް ދާ ކުދިންނާމެދު ކަންބޮޑުވާ ސަބަބު!

ދިރާސީ އާއަހަރު މިއަހަރު ފެށެނީ އޮގަސްޓު މަހުގައެވެ. މިއީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެނެވުނު ރަނގަޅު ބަދަލެކޭ ބުނެވިދާނެއެވެ. އަޅުގަނޑު ކަންބޮޑު މިވަނީ އެންމެ ކަމަކާއެވެ. އުމުރު ހަގުކޮށް ގްރޭޑް 1 އަށް ދާ ކުދިންނާއި މެދުގައެވެ. ކޮވިޑުގެ ބަލިމަޑުކަމުގެތެރެއިން ފުރަބަންދަކަށްފަހު ގިނަ ދުވަސްތަކެއްގައި އޮންލައިންކޮށް ކިޔެވުމަށްފަހު ސްކޫލްތަށް ހުޅުވުމުން މައެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް ވަރަށް އުފާވިއެވެ. ސަބަބަކީ އޮންލައިންކޮށް ކިޔެވުމަށްވުރެ ސްކޫލަށް ހާޒިރުވެގެން ކިޔެވުމުން ކުދިންނަށް އަންނަ ބަދަލު ފެނިފައިވާތީއެވެ. މިއަހަރު ވަރަށް ގިނަ ކުދިން […]