ލޭއަޅާ ކޮންމެ ކުއްޖަކަށް ނިޝާ ދައްކައިދެނީ އުންމީދު

ބީޓާ ތެލަސީމިއާ މޭޖާ ބަލި ތަހައްމަލު ކުރަމުންދާ އުމުރުން 24 އަހަރުގެ ނ.ލަންދުއަށް އުފަން މަރިޔަމް ނިޝާގެ ގަދަފަދަ އަޒުމާއި، ހިތްވަރުގެ ވާހަކައަކީ މުޅި ލަންދޫ އާއި ނިޝާ ދަންނަ އެއްވެސް މީހަކު ނުދައްކާ ދޫކޮށްލާނެ ވާހަކައެއް ނޫނެވެ. ހަނދާން ހުންނަން ފެށީންސުރެ ޑެސްފަރޯލްއާއެކު އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން، ކުޑައިރު ރަށްފުށުގެ އުފާވެރިކަމުން މަޙްރޫމް ވިއެވެ. އެހެންކުދިންނާއި ހިލާފަށް ތިމާގެ އަމިއްލަ ސިއްޙަތަށް އިތުރަށް ބަލާ ކުރަންބޭނުންވި އެތައްކަމެއް ގުރުބާންކުރަން ޖެހުނެވެ. އުމުރުން 3 […]
އަޑު އިވުމުން މަޙްރޫމްވެފައިވާ ކުދިންތަކެއް އިޝާރާތުން ކީރިތި ޤުރުއާން ހިތުދަސްކޮށްފި

އިންޑޮނޭޝިއާގައި އަޑުއިވުމުން މަޙްރޫމުވެފައިވާ ކުދިންތަކެއް ކީރިތި ޤުރުއާން ހިތުދަސްކުރީ ސައިން ލެންގުއޭޖުން ނުވަތަ އިޝާރާތް ބަހުރުވައިންނެވެ. މި ކުދިންނަކީ އަޑުއިވުމުން މަޙްރޫމުވެފައިވާ ކުދިންނަށް ހާއްސަ ބޯޑިން ސުކޫލެއް ކަމުގައިވާ ދާރުލް އާ ޝޯމްގެ ދަރިވަރުންތަކެވެ. އެ ބޯޑިން ސުކޫލުގެ ފައުންޑަރ އަބޫ ހާފީ ބުނީ ބޯޑިން ސުކޫލަށް އަލަށް އަންނަ ކުދިންގެ ތެރޭގައި އެމީހުންގެ ދީނަކީ އަދި އެމީހުންގެ ކަލާންގެއަކީ ކޮބައިކަން ނޭންގޭ ކުދިންވެސް ތިބި ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އިސްލާމީ އިލްމު އުގަންނައިދިނުމުގެ […]