ޒީޓައިމްސް ފޮޓޯ: މަކުނުދޫގައި ފޯރިއާއެކު ތައްޔާރުކުރާ ބައިބޮނޑި

ހދ. މަކުނުދޫ އަކީ ވަރަށް ފޯރީގައި ޢީދު ފާހަގަކުރާ ރަށެކެވެ. ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން މިރަށުގައި ކުރާ ތަފާތު އެއް ކަމަކީ 'ބައިބޮނޑި' އެޅުމެވެ. މަކުނުދޫގެ ޒުވާނެއް ކަމަށްވާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ ޢަބްދުލްޣަނީ މައުލޫމާތު ދިންގޮތުގައި ބައިބޮނޑި އަކީ ބައިބަޔަށް އަޅާ ފޮނި އެއްޗެކެވެ. ހަނޑޫ ބޭނުންކޮށްގެން ތައްޔާރު ކުރާ ބައިބޮނޑި އަކީ އުނިފަތް ބޭނުންކޮށްގެން ބޯކިބަލެއްހެން ފިހާ އެއްޗެކެވެ. ފިހެ ނިމުމަށްފަހު އަންހެންވެރިން މި ބޮނޑި ފޮރުވާއިރު ފިރިހެނުންގެ މަސައްކަތަކީ މި […]
ޢީދުގެ އުފާ ޙާޞިލުކުރަން ވާނީ އިސްލާމީ ޝަރީޢަތާއި ޚިލާފުނުވާ ގޮތަށް!

އަޅުގަނޑުމެންނާއި ކުރިމަތިލަމުން މިއަންނަނީ މާތް މަހެއްގެ މާތް ދުވަހެކެވެ. އެއީ ﷲގެ މަތިން ހަނދުމަކޮށް، ޛިކުރުކުރާ ދުވަހެކެވެ. ހުރިހައި މުސްލިމުން އެއްބައެއްގެ ގޮތުގައި ތަކުބީރުކިޔާ ދުވަހެކެވެ. މާތްﷲ އަށް ޤުރުބާން ކަތިލާ ދުވަހެކެވެ. އެއީ އަޟްޙާ ޢީދު ދުވަހެވެ. އަޟްޙާ ޢީދު ދުވަހަކީ ހައްޖުމަގު ދިހަވަނަ ދުވަހެވެ. ޢީދަކީ މުސްލިމުންނަށް އަންނަ ވަރަށް އުފާވެރި ދުވަހެކެވެ. މުސްލިމުން އުފާ ފާޅުކުރާ ދުވަހެކެވެ. ޢާއިލީ ގުޅުން ބަދަހިވެ، ތަހުނިޔާ ރައްދުކުރާ ދުވަހެކެވެ. ޚާއްޞަ ގޮތެއްގައި އުފާ ފާޅުކުރުން ޝަރީޢަތުގައި […]