ރަސޫލާ ﷺ ގެ ސީރާ: ދީނަށްޓަކައި ފުރަތަމަ ޝަހީދުވި ދެބޭފުޅުން

ޚައްބާބު އިބުނު އަލްއަރަތުއަކީ އެންމެފުރަތަމަ އިސްލާމްވި ބޭކަލުންގެތެރެއިން ބޭކަލެކެވެ. އެކަލޭގެފާނަށްވެސް ވަރަށްބޮޑެތި އަނިޔާލިބުނެވެ. އެކަލޭގެފާނު އިސްލާމްވި ޚަބަރު ލިބުމާއެކު އެކަލޭގެފާނުގެ ސާހިބު މީހާ އުއްމި އަންމާރު މީހުން އެއްކޮށްގެން އެކަލޭގެފާނުގެ ގައިގައި ތެޅިއެވެ. އަދި އެކަލޭގެފާނުގެ ބުރަކަށީގައި ދޮން ދަގަނޑު ޖައްސައި ބުރަކަށި ފިއްސިއެވެ. ޚައްބާބަށް އަނިޔާކުރި ވަގުތެއްގައި އެކަލޭގެފާނުގެ ރުއިމުގެ އަޑު ރަސޫލާ ﷺ އެއްސެވިއެވެ. އަދި ޚައްބާބަށް މަދަދުދެއްވުން އެދި ﷲ އަށް ދުޢާ ދެންނެވިއެވެ. ދެތިން ދުވަސް ފަހުން އުއްމީ އަންމާރަށް ބިރުވެރި […]