ކުނަހަންދޫ ޢީދު ކޯޑި ޗާލެއް ނޫންތަ؟

ބޮޑު ޢީދަކީ ޒަމާނުއްސުރެ ދިވެހިން ވަރަށް ކުލަގަދަކޮށް ތަފާތު ކުޅިވަރުތައް ކުރިއަށްގެންދާ ޢީދެކެވެ. މިގޮތުން ކޮވިޑުގެ ބަލިމަޑުކަމަށްފަހު މިފަހަރުގެ ޢީދު ފާހަގަކުރެވުނީ ގިނަ ރަށްރަށުން ވަރަށް ފޯރީގަ ސަގާފީ ކުޅިވަރުތައް ކުރިއަށްގެންދިޔަ ޢީދެއްގެ ގޮތުގައެވެ. ކޯޑި އަކީ ރަށްފުށުގައި، ބޮޑު ޢީދުގައި ކުޅެއުޅޭ ކުޅިވަރެކެވެ. ކޯޑި ކުޅޭއިރު ފިރިހެނުންނާއި އަންހެނުން ވަކިން ކޯޑި ތައްޔާރުކުރާ ރަށްތައްވެސް ހުރެއެވެ. ރަށްރަށުގައި ކުރިއަށްގެންދާ ހަރަކާތްތައް ކުރިން އެހާ އާންމުކޮށް ފެންނަން ނުހުރެއެވެ. އެހެންނަމަވެސް ކޮންމެ ރަށެއްގައި ކުރިއަށްގެންދާ ކުޅިވަރުތައް ސޯޝަލް […]