ކުޑަގިރި: ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރިއަށް

ކުޑަގިރި ޕިކްނިކް އައިލެންޑް އަކީ މާލެ ކައިރިން ދަތުރު ދިއުމަށް ތަރައްގީކުރަމުން އަންނަ ރަށެކެވެ. ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގެ މާސްޓަރ ޕްލޭން އެކުލަވާލައިފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޕްލޭނިންގ ޑިޕާޓްމެންޓުންނެވެ. ކުޑަގިރި އަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގޮތުން ހަޓުތަކާއި، ފާޚާނާބަރި ފަދަ ތަންތަން ވަނީ އެކުލަވާލާފައެވެ. " މިރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމަށްވެސް ޕްލޭން ކުރެވިފައިވޭ. […]
ވީޑިއޯ: ގދ. ގައްދޫގައި ބަންނަމުންދިޔަ ފައިބަރު ދޯންޏެއްގައި އަލިފާން ރޯވުން

ރަސޫލާ ﷺ ގެ ސީރާ: އަބޫޖަހުލަށް އަލިފާން ވަޅުގަނޑެއް ފެނުން

ރަސޫލުﷲ ﷺ ގެ ސީރާ ސަތާރަވަނަ ބައި: ރަސޫލުﷲ ﷺ އަށް ގޯނާކުރުން އިސްލާމް ދީނަށް ވަން މީހުންނަށް އަނިޔާކުރަމުން ދިޔައިރު ޤުރައިޝްގެ މުޝްރިކުން ރަސޫލާ ﷺ އަށް ތަފާތު ގޮތްގޮތަށް ގޯނާ ކުރިއެވެ. މައްކާގެ މުޝްރިކުން އެކިވަރުގެ ޖިސްމާނީ އަނިޔާ އެކިފަހަރު އެކަލޭގެފާނަށް ދިނެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއަކުން އެކަލޭގެފާނަށް ބޮޑު ގެއްލުމެއް ލިބިވަޑައިނުގަނެއެވެ. ބައެއް ފަހަރު ﷲ އެކަލޭގެފާނަށް ހިމާޔަތްދެއްވިއެވެ. އަނެއްބައިފަހަރު އެކަލޭގެފާނަށް ހިމާޔަތް ލިބިވަޑައިނުގަންނަވައެވެ. މިކަމުގައި ފޮރުވިފައިވާ ޙިކުމަތް ދެނެވޮޑިގެންވަނީ […]