އިންސާނީ ޙައްޤުތަކުގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް

އިސްލާމްދީނަކީ ހުރިހައި އިންސާނުންގެ ޙައްޤުތައް ރައްކާތެރުކިރާ ދީނެކެވެ. މިގޮތުން އަނބިންގެ ޙައްޤުތައް، ފިރިންގެ ޙައްޤުތައް، މައިންބަފައިންގެ ޙައްޤުތައް، އަވަށްޓެރިންގެ ޙައްޤުތައް، އަދި ކުޑަކުދިންގެ ޙައްޤުތައްވަނީ ރައްކާތެރި ކުރައްވާފައެވެ. އިސްލާމްދީނުގައި ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. މިޙައްޤުތައް އަދާ ކޮށްދޭންޖެހެނީ ހަމައެކަނި ދުނިޔެއަށް އުފަންވުމުން އެކަންޏެއް ނޫނެވެ. މަންމަގެ ބަނޑުގައި ކުއްޖާ އޮއްނަ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެންވެސް މިޙައްޤު އަދާކުރަންޖެހެއެވެ. މިގޮތުން ކުޑަދަރިފުޅަށްޓަކައި، މައިމީހާ ރަނގަޅު ކާނާ ކެއުމާއި، ދަރިފުޅަށް ލިބިދާނެ ހުރިހައި […]