ހާދިސާ: ނިކަމެތި މީހާ ނިކަމެތިވެފައި އާރާއި ބާރު ހުރި މީހުނަށް އޮތީ މޮޅެވެ!

ޏ. މަލަފެހި ކަފަމާގެ ކަފައީސައަކީ އުމުރުން ދުވަސްވެފައިވާ ސަރޯފަރޯ ބަލިކަށި އެކަނިވެރި ފަގީރެކެވެ. މައެއް ބަފައެއް ދުނިޔެއަކު ނެތެވެ. އަނތްބެއް ދަރިއަކުވެސް ނެތެވެ. އަދި ކީއްތޯއެވެ. ގާތްތިމާގެ މީހަކު ނެތްތާގައި ރަހްމަތްތެރިއަކުވެސް ނެތެވެ. އީސަބޭ ދިރިއުޅެނީ ދަނޑިމުޑިން ހަދާފައިވާ ކުޑަކުޑަ ޖިފުޓިގަނޑެއްގައެވެ. ދެންހުރީ އެގޭދޮށުގައި ހުރި ބަނބުކެޔޮގަހެވެ. އީސަބޭގެ ކަފަމާގެއާއި އިންވެގެން ހުންނަ ދޮންދޫނިގޭ ސަމީނާއަކީ ރީތި ހުރިހާ ސިފަތަކެއް ލިބިފައިވާ ޅަޒުވާން ޖިންސުއްލަތީފެކެވެ. ތަނަވަސް ދިރިއުޅުމެއް އުޅެމުން އަންނަ އަތޮޅަށް ނަންހިނގާ ފަރިފަރި ޒުވާނެކެވެ. އޭނާގެ […]