މަންކީޕޮކްސް އަށް ސަމާލުވޭ! އެންމެގިނައިން ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގަ!

މަންކީޕޮކްސް (މަކުނު ވިދުރި) ދުނިޔޭގައި އަންނަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ފެތުރެމުންނެވެ. މިއީ އާންމު ސިއްޙަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ވަނީ ކަނޑައަޅައިފައެވެ. އެޖަމްއިއްޔާއިން މިގޮތަށް ކަނޑައަޅައިފައިވަނީ އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަންގެ ދަށުންނެވެ. ދުނިޔޭގެ ނިސްބަތުން ބަލީގެ ނުރައްކާތެރިކަން މިވަގުތު މެދުމިނުގެ ރިސްކްގައި އޮތްއިރު، ބަލީގެ ނުރައްކާތެރިކަން ބޮޑަށް އޮތީ ޔޫރަޕްގެ ގައުމުތަކަށް ކަމަށް ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ހާމަކުރައްވާފައެވެ. ކުރިން މި ބަލި ފެނުނުގޮތާއި ޚިލާފަށް، އަލަށް މި ބަލި ފެންނަ […]
ވާރޭވެހޭއިރު އެއްގަމުއުޅަނދު ދުއްވުމުގަ ސަމާލުކަންދޭންވީ ކަންކަން

ވާރޭވެހޭއިރު އެއްގަމުއުޅަނދު ދުއްވާނަމަ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހެއެވެ. ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވާން ވިސްނަންޖެހެއެވެ. ސަބަބަކީ ވާރޭވެހޭއިރު ވެހިކަލް ދުއްވުމަކީ އެހާ ފަސޭހަކަމަށް ނުވާތީއެވެ. ވާރޭވެހޭނަމަ މުހިއްމު ކަމެއްގައި މެނުވީ ތަންތަނަށް ދަތުރުނުކުރުމަށް ވިސްނަންޖެހެއެވެ. ވާރޭގައި ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޑްޓް ހިނގާމިންވަރު ރާއްޖޭގައިވެސް ގިނަކަން ފާހަގަކުރެވެއެވެ. ތިރީގައި މިވަނީ ވާރޭވެހޭއިރު އެއްގަމު އުޅަނދު ދުއްވާނަމަ ސަމާލުކަންދޭންވީ ބައެއް ކަންކަމެވެ. ދުވެލިމަޑުކޮށް ދުއްވުން ވާރޭވެހޭނަމަ އާއްމުކޮށް ދުއްވާވަރަށްވުރެ ދުވެލިމަޑުކޮށް ދުއްވުމަށް ވިސްނާށެވެ. ވާރޭވެހޭއިރު މަގުމަތި ހުންނާނީ ފެންހެދިފައެވެ. މިހެންވުމުގެ […]