ޒީޓައިމްސް ފޮޓޯ: ހުޅުމާލޭގަ އަލަށް ހަދަމުން އަންނަ މަގުތައް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގަ ދަނީ 10 މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ޖުމްލަ 1.95 ކިލޯމީޓަރ ގެ ބޮޑުމިނުގެ މަގުތަކެކެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދޭގޮތުގަ މަގު ހެދުމުގެ ޕްރޮޖެކްޓުގެ 84 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިއަހަރުގެ އޮކްޓޯބަރުމަހު މިމަސައްކަތް އެއްކޮށް ނިންމާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެތެރެއިން ބައެއް މަގުތައް އާންމުކޮށް ހުޅުވާނުލިއަސް އެމަގުތަކުގައި މަދުންނަމަވެސް ސައިކަލު ދުއްވާ މަންޒަރު ފެނެއެވެ. އަލަށް ހަދަމުން އަންނަ މަގުތަކުގެ ސަބަބުން ހިނގާފަ […]
ރަސޫލާ ﷺ ގެ ސީރާ: ހަބުޝްކަރައަށް ހިޖުރަކުރެއްވުން

މުސްލިމުންނަށް ކުރެވޭ އަނިޔާއާއި ދުއްތުރާތަކަށް ނިމުމެއް ނައުމުން މުސްލިމުންގެ ތެރެއިން އެކަމަށް އެދޭ މީހުން އަވަށްޓެރި ހަބުޝްކަރައަށް ހިޖުރަކުރުމަށް ރަސޫލާ ﷺ އެކަލޭގެފާނުގެ ޞަހާބީންނަށް ހުށަހެޅުއްވިއެވެ. ހަބުޝްކަރައަކީ މިހާރުގެ އިތިއޮޕިއާއެވެ. އެކަލޭގެފާނު ވިދާޅުވޮގޮތުގައި ހަބުޝްކަރައިގެ ރަސްގެފާނަކީ ނަސާރާއެކެވެ. އަދި އޭނާއަކީ އަދުލުވެރި ރަސްކަލެއްކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. މިކަން ހިނގީ ރަސޫލާ ﷺ އިސްލާމް ދީނަށް ގޮވައިލައްވަން ފެއްޓެވިތާ ފަސްވަނަ އަހަރުގެ ރަޖަބު މަހުއެވެ. ދާދިފަހަކާއި ޖެހެންދެން އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަކީ ބޮޑުކަމެކެވެ. އެހެންކަމުން ކުރީޒަމާނުގައި ހިޖުރަކުރުމަކީ […]