ތާޒާ ކުކުޅުމަސް ވަކިކުރާނެ ގޮތް

ތާޒާމަހާއި ތާޒާކުކުޅުމަސް ކާން ބޭނުން ނުވާނެ މީހަކު ނުހުންނާނެއެވެ. އެހެންނަމަވެސް ތާޒާކަމާއެކު ކާން މަސް ލިބެނީ މަދު ފަހަރެއްގައެވެ. ރަށްރަށުގައި ތާޒާމަސް ލިބުމަކީ މާލެ ކަހަލަ ސިޓީއެއްގައި ދިރިއުޅޭ މީހުންނަށް ވުރެ ފަސޭހަކަމަކަށް ވެގެންދެއެވެ. ކުކުޅުމަސް ގަންނައިރު ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ފިހާރައަށް ކުކުޅުމަސް ގަންނަން ދާއިރު އެއީ ތާޒާކޮށް ހުރި ކުކުޅުމަސްތޯ ބަލާލެވޭނެ ގޮތްތަކެއް ހުރެއެވެ. 1. ކުކުޅުމަހުގެ ހަމުގެ ކުލަ ބަދަލުވެފައި ހުރުން ކުކުޅުފައި ގަންނައިރު ތާޒާއެއްޗެހި އާއްމުގޮތެއްގައި ހުންނާނީ ފިޔާތޮށި […]