ގަސްތުގައި އިންސާނާގެ ހިތް މަރާނުލާށެވެ!

އިންސާނާ އުފަންވަނީ ފިތުރަތުގެ ސާފުޠާހިރުކަންމަތީގަ އެވެ. އެގޮތުގައި އެއިންސާނާ ބޮޑުވަމުން އައިސް ދުނިޔޭގެ އެކިއެކި ކަންކަމާ މަސްއޫލުވަނީ ޤުދުރަތުން އެކަން ލައްވާފައިވާތީއެވެ. އެކި އިންސާނުން އެނބުރެނީ އެކި ދިމާލަށެވެ. ކުރަނީ އެކިކަހަލަ މަސައްކަތެވެ. ނަމަވެސް ކޮންމެ އިންސާނަކުވެސް ދާން ކަނޑައަޅަނީ އެއް އަމާޒަކަށެވެ. ކުރާ މަސައްކަތުން ބަނޑުހައިހޫނުކަން ފިލުވައި ދިރިއުޅުން އާރާސްތު ކުރުމަށެވެ. ދެންހުރި ކަންކަން ކުރަނީ އޭގެފަހުންނެވެ. މިގޮތުގައި ދުވަސްތައް ވޭތު ކުރުމަށްފަހު އެއްކަލަ އިންސާނާ ގައިބާރު ދެރަވެ އުމުރުން ދުވަސްވުމާއެކު މަސައްކަތް ހުއްޓާލާ އަލުން […]