އެކްސިޑެންޓަށްފަހު ހިނގޭނެ ދުވަހެއް ނޭނގޭއިރު ޝިއުނާ އެދެނީ ހެޔޮ ދުޢާއަށް!

މާލެސިޓީ ކައުންސިލުގެ ތަރުޖަމާނު އަދި ނޫސްވެރިޔާ މަރްޔަމް ޝިއުނާ (ނަންނަ) އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ޒުވާނެކެވެ. މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހަކީ ދިރިއުޅުމަށް ބޮޑު ބަދަލެއްގެނުވި އެކްސިޑެންޓް ހިނގި ދުވަހެވެ. އެދުވަހު އޮފީހުގަ ހުރެފަ ހުޅުމާލެ ދިއުމަށް ސައިކަލުގައި ޝިއުނާ ދިޔައީ ޗައިނާ އެމްބަސީ ގޯޅިން ބޭރުމަގަށް ނުކުތުމަށެވެ. އެކްސިޑެންޓް ވީ ކިހިނެއް؟ " ގޯޅި އަޅާއިރު ސީދާ ނީދެދާނެ ލޭނުގަ. އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖު ބެލީމަ އެނގޭނީ ކާކުގެ މައްސަލައެއްކަން. […]