ސްކޫލުގައި ތަފާތު ކުދިން އުޅޭނެކަމާއި އިހްތިރާމް ކުރަން ދަރިންނަށް ކިޔައިދޭށެވެ!

ސްކޫލުގެ ކިޔެވުން ފެށެނީއެވެ. މައިންބަފައިން އަވަދިނެތި ތައްޔާރު ވަމުން ދަނީ ކުދިން ސްކޫލަށް ފޮނުވުމަށް ބޭނުންވާ ސާމާނު ހަމަކުރުމުގައެވެ ޔުނީފޯމު އިސްތިރިކޮށް ފޮތްތައް ހަމަކޮށްދިނުމުގައެވެ. މިކަންކަމަށް ތައްޔާރުވާއިރު، އަޅުގަނޑުމެންގެ ޅަދަރިންނަށް ވިސްނައިދޭންޖެހޭ ވަރަށް މުހިންމުކަމެއް އެބައޮތެވެ. ކުޑަ ދަރިފުޅު ކައިރީގަ ބުނީމެވެ. ދަރިފުޅާއެވެ. ސްކޫލަށް ދާއިރު ކުލާހުގައި ތަފާތު ކުދިން އުޅޭނެކަން ވިސްނާށެވެ. އޭގެތެރޭގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންވެސް އުޅޭނެއެވެ. ވާހަކަ ދައްކަން އެހާބޮޑަށް ނޭނގޭ ކުދިން ވެސް އުޅޭނެއެވެ. ބޭނުންވާކަމެއް ނުވެއްޖެނަމަ އަޑުގަދަކޮށް ރޯކުދިންވެސް […]
އަނިޔާ ލިބެމުންދާ މީހުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާށެވެ!

މުއުމިނުންނަކީ ފޭރާމެއްގެ ރޮދިތަކެއް ފަދައިން ވަރަށް ގިނަ ގޮތްގޮތުން، އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ބައެކެވެ. ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. މާނައީ: "މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމުގައްޔާއި ރަހުމްކުރުމުގައްޔާއި އޯގާތެރިވުމުގައި އެމީހުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ ހޭލާހުރުމުންނާއި، ހުންއައުމުން، ހަށިގަނޑުގެ އެންމެހައި ގުނަވަންތައް އެ ގުނަވަނާ ބައިވެރިވެއެވެ". އިސްލާމީ މުޖުތަމަޢުގެ އަފްރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކު ކަމުގައެވެ. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި ހެޔޮކޮށް […]