މަރަކަށްފަހު މަރެއް: މިވަނީ ކިހިނެއްތޯ ބަލާ ފިޔަވަޅު އެޅުން މުހިންމު!

މިއީ ދިވެހިން އުންމީދު ކުރި ދިވެހިރާއްޖެއެއް ނޫނެވެ. 100 އިންސައްތަ މުސްލިމް ގައުމެކޭ ބުނާވަރަށްވުރެ ޤައުމުގެ ހާލަތު ދަށަށް ގޮސްފިއެވެ. އިސްލާމްދީން ނަހީކުރެއްވި ބޮޑެތި ކުށްތަކަށް އަރައިގަނެ، ބިރެއްނެތި އިންސާނުން މަރަމުންދާއިރު ޤައުމަށް މިވަނީ ކީއްތޯ ބަލާލީ ކާކުހެއްޔެވެ؟ އަންނަންއޮތް މުސްތަގުބަލު، މިއަދުގެ ޅަ ދަރިން މިކުށުގެ ވެށިން ސަލާމަތް ކުރުމަށް އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަނީ ކޮންބައެއް ހެއްޔެވެ؟ މިއަދު ހެނދުނު އިރުއަރައިގެން އައީ ބިރުން ސިހިގެންދާފަދަ އަނިޔާވެރި މަރެއްގެ ޚަބަރަކުންނެވެ. ޏ. ފުވައްމުލަކު، ކުރި، […]
އެމީހުން ބޭނުންވި މަންޒިލަށް އަހަރެމެން ގެންގޮސްފި!

އަހަރެމެން ދިވެހިން އަބަދުވެސް ދަޢުވާކުރަނީ މިތަނުގައި އަމިއްލަ ސަޤާފަތަކާއި ބަހެއް އޮންނަ ކަމަށެވެ. އަހަރެމެންގެ ދީނަކީ އިސްލާމް ދީން ކަމަށެވެ. އަހަރެމެންހާ ހިތްހެޔޮ އޯގާތެރި އެކަކު އަނެކަކަށް އަޅާލާ ދެވަނަ ބަޔަކު ނޫޅޭ ކަމަށެވެ. ޤާނޫނުތަކުގައި ލިޔެ އެކަށައަޅާފައިވަނީވެސް މިބީދައިންނެވެ. ދުނިޔޭގެ އެތަން މިތަނުގައި މިޤައުމު އަހަރެމެން މަޝްހޫރު ކުރަނީ އަހަރެމެންނަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި ޗާލުކަމުގެ ވާހަކަތައް ދައްކައިގެންނެވެ. މަންޒަރުތައް ވިއްކައިގެންނެވެ. މިއީ ދުނިޔެމަތީގައި އެފަދަ ދެވަނައެއް ނުވާ އެންމެ ހިތްގައިމު އެންމެ އަމާން މަންޒިލް […]