ޒީޓައިމްސް ބަދިގެ: ޕަމްޕްކިން މިލްކް ޕުޑިން

ބޭނުންވާތަކެތި: 3 ޖޯޑު ބަރަބޯ (ފެނުކައްކާ ގޮށްނުހުންނަ ވަރަށް މޮޑެފައި) 4 ޖޯޑު ގެރިކިރު 12 ބިސް 1 މޭޒުމަތީ ސަމުސާ ކަސްޓަރޑް 2 ޖޯޑު ފެން 2 ސަައިސަމުސާ ވެނީލާ އެސެންސް 1/2 ޖޯޑު ހަކުރު (ކެރެމަލް ކުރަން) ތައްޔާރުކުރާނެ ގޮތް: ބިހާއި ކިރު ގިރާފައި، އަދި ބާކީހުރި ހުރިހާބާވަތެއް އެއްކޮށް އޮމާންވަންދެން ގިރާލާށެވެ. ޓްރޭގައި ހަކުރުކޮޅެއް ކެރެމަލް ކުރުމަށްފަހު، ގިރާފައިހުރިބައި ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ. މިއީ ތަފާތު ގޮތްގޮތަށް ތައްޔާރުކުރާ ޕުޑިންއެކެވެ.
ހާސްވުމާއި ކަންބޮޑުވުން ދުރުކުރުމަށް ކުރެވިދާނެ ކަންތައް!

1. ކުލަޖެއްސުން ކުލަޖެއްސުމަކީ ހާސްކަން ފިލުވައިލުމާއެކު ހުނަރު ކުރިއެރުވުމަށް އެހީތެރިވެދޭ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކުލަޖައްސަން ފެށުމުން، ކުރިން ވިސްނަމުންދިޔަ ކަންކަމާ ވިސްނާ ވިސްނުން އެހެންކަމަކަށް ބަދަލުވެއެވެ. ހަމައެފަދައިން ގަވާއިދުން ފެންވެރުމަކީވެސް މީހާގެ ހާސްކަން ކުޑަކޮށްދޭކަމެކެވެ. އެންމެ ފަހުގެ ޓްރެންޑުގެ ގޮތުގައި މަޝްހޫރުވެފައިވާ 'ޓިކްޓޮކް' އަށް ވީޑިއޯއެއް ލުމުގެ ބަދަލުގައި ހާސްވުން ކުޑަކޮށްލެވޭތޯ މިކަން ތަޖުރިބާ ކޮށްލަމާ ހިނގާށެވެ. 2. ވިނަތައް ކޮށާފައިވާ ތަނަކަށް ވިނަތަކުގެ ވަސް ނުކެނޑެނީސް ދިއުން ވިނަގަނޑު ކޮށާ ނިންމާލާ ވަގުތު […]