މިއީ ދުވާލަކު 1 ގަޑިއިރު ނިދާ ތަފާތު ކުއްޖެއް!

ކޮންމެ ކުއްޖަކީ ދުނިޔެއަށް އުފަންވާއިރު ފިތުރަތުގެ ސާފުކަންމަތީގައި އުފަންވާ ކުދިންނެވެ. އެކުދިންނާއެކު ދިރިއުޅުމުގެ ދުވަސްތަކަށް މަރްހަބާ ކިޔަނީ ހިނިތުންވުމާއި އުފާވެރިކަމާއެކުގައެވެ. އެކުދިންގެ ކޮންމެ ހަރަކާތަކީ އުފަލުން ފުރިގެންވާ ހަރަކާތެކެވެ. އާންމުކޮށް ނުފެންނަ ތަފާތުބަލިތައް ތަހައްމަލުކުރާ ކުދިން އުޅޭވާހަކައަކީ އަޑުއިވޭ ވާހަކަތަކެކެވެ. މިއީ އެފަދަ ބައްޔެއް ތަހައްލަމު ކުރަމުންދާ ކުއްޖެއްގެ ވާހަކައެވެ. ކެނެޑާ އަށް އުފަން 'އެވާ ހިޝްކޮ' އަކީ ދުވާލެއްގެ މައްޗަށް ގަޑިއެއްހާއިރު ނިދައިގެންއުޅޭ އުފާވެރި ކުއްޖެކެވެ. 'އޭންޖެލްމެން ސިންޑްރޯމް' ކިޔާ ވަރަށް މަދުން ފެންނަ ބައްޔެއްޖެހިފައިވާ […]
އެފްޓީޓީއެޗް ކަނެކްޝަން ސްޓެލްކޯ އަދި އެމްއޭސީއެލް އެޕާޓްމެންޓްތަކަށް

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެފްޓީޓީއެޗް (ފައިބަރ ޓު ދަ ހޯމް) ކަނެކްޝަން އެމްއޭސީއެލް އަދި ސްޓެލްކޯގެ ފުލެޓުތަކަށް ފޯރުކޮށްދީފައެވެ. މިއީ ހުޅުމާލެ ތަރައްގީކުރުމުގެ ތެރެއިން، އޯޕަން އެކްސެސް ނެޓްވޯކާއި ފައިބަރ ކަނެކްޝަންތައް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ދެވުނު ހިދުމަތެކެވެ. އެޗްޑީސީ އިން މައުލޫމާތުދޭގޮތުގަ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ރައްޔިތުންދަނީ މި ނެޓްވޯކް ބޭނުންކޮށްގެން އިންޓަނެޓް އަދި ކޭބަލްޓީވީގެ ހިދުމަތް ހޯދަންފަށާފައެވެ. މި ނެޓްވޯކް އިން އާންމުންނަށާއި އަދި މި ހިދުމަތް ފޯރުކޮށްދޭ […]