ޓިއުޝަން ނެގުމުގެ އާދަ ހުއްޓާލަންޖެހޭ- އެޑިޔުކޭޝަން މިނިސްޓްރީ

ޓިއުޝަން ނެގުމަކީ ޒަމާނުއްސުރެ ދިވެހިންގެތެރޭގަ އޮންނަ އާދައެކެވެ. ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ޓިއުޝަން ދީގެން ދަރިވަރުން އިތުރަށް މޮޅުކުރުމަށެވެ. އެބެލެނިވެރިން ބުނާގޮތުން ޓިއުޝަން ދޭންޖެހެނީ ސްކޫލުން ނަގައިދޭ ފިލާވަޅު ދަރިވަރަށް އިތުރަށް އުނގަންނައި ދިނުމަށެވެ. ޓިއުޝަނަށް މަހަކު ހަތަރު ފަސްހާސް ރުފިޔާ ޚަރަދު ކުރާ ބެލެނިވެރިން ވެސް އެބަތިއްބެވެ. ކުރިން އަޅުގަނޑުމެންގެތެރޭގަ އިންޓަނެޓް އެހާ އާންމެއް ނޫނެވެ. އެހެންނަމަވެސް ޓިއުޝަން ނެގުމެއް ނެތި ބޭނުންވާ މައުޟޫއަކަށް މައުލޫމާތު ހޯދުމުގެ މަގު އިންޓަނެޓް މެދުވެރިކޮށް މިވަނީ ފަހިވެފައެވެ. […]