ރަސޫލާ ﷺ ގެ ސީރާ: ޙަބުޝްކަރައަށް ދެވަނަ ފަހަރަށް ހިޖުރަކުރުން

ރަސޫލުﷲ ﷺ ގެ ސީރާ ނަވާރަވަނަ ބައި ޙަބުޝްކަރައަށް އެންމެ ފުރަތަމަ ކުރި ހިޖުރައިގައި ރަސޫލާ ﷺ ގެ އެންމެގާތް ބައެއް ޞަޙާބީން ހިމެނިވަޑައިނުގަތެވެ. އެއީ އަބޫބަކުރުގެފާނާއި ޢަލީގެފާނެވެ. މިބޭކަލުންގެތެރޭގައި ޢުމަރު ނުހިމެނޭ ސަބަބަކީ އޭރު އެކަލޭގެފާނު އިސްލާމްވެވަޑައި ނުގަންނަވާތީއެވެ. ހިޖުރަކުރެއްވުމަށް ޢުޘްމާނުގެފާނާއެކު އަބޫބަކުރުގެފާނުވެސް ދަތުރުހެއްދެވިއެވެ. އެކަލޭގެފާނު ޖިއްދާއަށް ދަތުރުކުރެއްވި މަގުމަތީގައި އެހިސާބުގައި ދިރިއުޅޭ ޤަބީލާއެއް ހުރަސްކުރެއްވިއެވެ. އަދި ދަތުރުމަތީގައި އެޤަބީލާގެ ވެރިޔާ އިބުނު ޢަލްދަޤީނާއާ އަބޫބަކުރުގެފާނު ބައްދަލުވިއެވެ. ދެން ގަބީލާގެ ވެރިޔާ އަބޫބަކުރުފާނުގެ އަރިހުން ދަތުރުގެ […]