ޢިލްމު އުނގެނުމަކީ ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑި

އެއްވެސް ޝައްކެއް ނެތްގޮތުގައި، ޢިލްމު އުނގެނުމަކީ ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑިއެވެ. ޢިލްމު އުނގެނުމަކީ ހެޔޮ ނުބައި ވަކިވުމުގެ ވަސީލަތެވެ. ރަނގަޅާއި ނުބައި ވަކިވާނީ، ތިމާއަށް އެނގިފައިވާ ޢިލްމުންނެވެ. މާތްﷲ ތިމާއަށް ވާޖިބު ކުރައްވާފައިވާ ކަންތައްތަކާއި ޙަރާމްކުރައްވާފައިވާ ކަންތައް ވަކިވާނީ ޢިލްމުންނެވެ. ހަމައެހެންމެ، ޢިލްމަކީ ހުރިހައި ހެޔޮކަމެއް ތިމާއަށް ޔަގީންކަމާއެކު އެނގޭނެ ވަސީލަތެވެ. އީމާންތެރިކަމާއި، ތަޤްވާވެރިކަމާއި، ހެޔޮކަމާއި މި ހުރިހާކަމެއް އެނގެނީ ޢިލްމުންނެވެ. އަދި ދުނިޔޭގައިވާ ސައިންޓިފިކް ހޯދުންތައް ހޯދޭނީވެސް ޢިލްމު އުނގެނުމުންނެވެ. ވީމާ، ޢިލްމާނުލައި އެމީހަކުކުރާ ކަންތައްތަކުގައިވެސް […]