ޒީޓައިމްސް ފޮޓޯ: ދަނބުމޫސުން ހުޅުމާލެއަށް

އެވޭލާ ވާހަކަ: މުލަކު ދޮންއަލިމަނިކާގެ ދޮންމަނިކާ

މީނާއަކީ ފުވައްމުލަކުގައި ހުރި ވަރަށްބޮޑު ބޭސްވެރިއެކެވެ. ހިރިހަމާދިކަލޭގެފާނު މިއީ ދައުލަތުގެ ފަރާތުން އޭނާޔަށް ލައްވާފައިވާ ކޮލިނަމެކެވެ. މީނާއަކީ ވަރަށް ފިކުރުއަވަސް ބުއްދިރަނގަޅު ނާދިރު މީހެކެވެ. މީނާޔާއި އަދި މީނާގެ ދަރީންތައްވެސް އަހަރެމެން ދުށީމުއެވެ. މިއިން ކޮންމެ މީހަކީވެސް ރާއްޖެއިން ރަނގަޅު މުދައުވެރި މީހުންކަމުގައި ހިމެނެއެވެ. މި ހިރިހަމާދިކަލޭގެފާނު އެއްފަހަރަކު މާލޭގައި ހުންނަވާފައި ރަށަށް ދުރުވާން އައްޑޫ ހިތަދޫ ގަނޑުވަރު މޫސާދީދީގެ (ފަންތުބާއެވެ ކިޔޭ) އޮޑިޔަކަށް އަރުއްވައިފިއެވެ. ދަތުރުކުރަމުންގޮސް ކޮޅުމަޑުލު ޅޮހީގައި އޮޑިޖައްސައިފައި ދޯލިކުޅައުމަށާއި އަދި އެހެންވެސް ކަންތައް […]