ނުހައްގުން އެންމެ ނަފުސެއް މަރާލުމަކީ، ހުރިހާ އިންސާނުން މަރާލުންފަދަ ނުބައިކަމެއް!

މާތް ﷲ ހެއްދެވި ގިނަ މަޚުލޫގުންގެ ތެރެއިން އިންސާނާ ވަނީ މާތްކުރައްވައި މަތިވެރިކުރައްވައިފައެވެ. އިސްލާމް ދީނުގެ ނަޒަރުގައި އިންސާނުންގެ ނަފްސަކީ ވަރަށްބޮޑަށް ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. ހައްގަކާ ނުލައި އިންސާނަކު ޤަތުލު ކުރުމަކީ، އެންމެ ބޮޑެތި ފާފަތަކުގެތެރެއިންވާ ކަމެކެވެ. " މިމުޖުތަމައުން މި ބޮޑު ފާފައަށް އަރައިގަތުން ދެކެނީ ވަރަށް އާދައިގެ ކުޑަ ކަމެއްގެ ގޮތުގަ. އެއްވެސް ރަހުމެއް ބިރުވެރިކަމެއް ނެތި، ހުރުމަތްތެރިކުރެވިފައިވާ އިންސާނާ މަރާލުމަށްފަހު ދޫކޮށްލަނީއެއް ނޫން. ހަނގުރާމައިގެ ހާލަތުގައި ވެސް ކުރުން ހަރާމް ކުރައްވާފައިވާ އަމަލެއް […]