ރަސޫލާ ﷺ ގެ ސީރާ: ޢަދުލުވެރި ރަސްކަލެއްގެ ވާހަކަ

މައްކާގެ މުޝްރިކުން މުސްލިމުންނަށް ދެމުންދިޔަ އަނިޔާއަކަށް ނިމުމެއް ނާދެއެވެ. ދެން ކަންކުރާނެ ގޮތަކާމެދު ޙަބުޝްކަރައިން އެނބުރި މައްކާއަށް އައި މުސްލިމުންނާއި މައްކާގައިތިބި މުސްލިމުން މަޝްވަރާކުރިއެވެ. އެއަށްފަހު އެމީހުން އެއްބަސްވީ އަނެއްކާވެސް ޙަބުޝްކަރައަށް ހިޖުރަކުރާށެވެ. އެގޮތުން މައްކާގެ މުސްލިމުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ޙަބުޝްކަރައަށް ހިޖުރަކުރިއެވެ. އެއީ ގާތްގަނޑަކަށް އަށްޑިހަވަރަކަށް މުސްލިމުންނެވެ. މިފަހަރު ހިޖުރަކުރި ޖަމާޢަތުގެ ވެރިއަކަށް ހުންނެވީ ރަސޫލާ ﷺ ގެ ދެބެއިންގެ ދެދަރި ބޭކަލެއް ކަމުގައިވާ ޖަޢުފަރު އިބުނު އަބީ ޠާލިބުއެވެ. ފުރަތަމަ ހިޖުރަކުރި މުސްލިމުން […]