ބަލްމާއު: ހިތްވަރާއެކު އޯލެވެލްގެ އެއްވަނައަށް!

އައިޝަތު ބަލްމާއު މުހައްމަދު ވަނީ، ރެހެންދި ސުކޫލުން އޯލެވެލް ހަދައި، ނިމިދިޔަ ހަފްތާގައި ދޫކުރެވުނު އޯލެވެލް އިމްތިހާނުން އޭނާ ޓެސްޓު ހެދި 8 މާއްދާއިން އޭސްޓަރ ހޯދައި ގައުމީ ގަދަ 10ގެ އެއްވަނަ ކަށަވަރު ކޮށްފައެވެ. އާއިލާއާއި ސުކޫލު އަދި ޤައުމު ފަޚުރުވެރިވާފަދަ ދަރިއަކަށް ވުމަކީ ބަލްމާއު އަބަދުވެސް ދެކެމުންއައި ހުވަފެނެކެވެ. މާލެއަށް އުފަން އުމުރުން 16 އަހަރުގެ ބަލްމާއު ޤަބޫލުކުރާ ގޮތުގައި އެކަމަށް އެންމެ ފުރަތަމަ އެޅެންއޮތް ބިންގާ ކަމުގައި އޭނާ ގަބޫލުކުރީ ދަރިވަރުންގެ ތަޢުލީމީ […]
ޑެންގީ ފެތުރެމުންދާތީ ސަމާލުވާންވީ ކަންތައް!

މިދުވަސްވަރު ބެލެނިވެރިންގެ ފަރާތުން އެންމެގިނައިން އިވޭ ވާހަކައަކީ ދަރިފުޅު ބަލިވެ ސްކޫލަށް ނުފޮނުވޭ ވާހަކައެވެ. ރޯގާޖެހި ހުންއައިސް ފަރުވާހޯދާ މިންވަރު އިތުރުވަމުން އަންނައިރު މީގެތެރެއިން ބައެއް ކުދިންނަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. އެޑްމިޓް ކޮށްގެން ފަރުވާހޯދާ ކުދިންގެ ތެރޭގައި ޑެންގީއަށް ފަރުވާހޯދާ ކުދިންވެސް ހިމެނެއެވެ. ބައެއް ސްކޫލުތަކުން ބެލެނިވެރިންނަށް ފޮނުވި ނޯޓިސްއެއްގައި ވަނީ, ރޯގާޖެހި ހުމުގެ އަލާމާތެއް ފެންނަން ހުރެއްޖެނަމަ ކުދިން ސްކޫލަށް ނުފޮނުވުމަށް އެދިފައެވެ. އަދި ކުދިން ސްކޫލަށް ފޮނުވާއިރު މާސްކު އެޅުމަށް އިސްކަން […]