އަންމަލްތާސް އަކީ ކޮންއެއްޗެއްކަން އެނގޭތަ؟

ހުޅުމާލެ އަށް ޒިޔާރަތްކުރާ މީހުންނަށް މިއީ އާވައްތަރެއްގެ ގަހަކަށް ނުވެދާނެއެވެ. މާ އަޅާފައި ހުންނަ 'އަންމަލްތާސް'ގެ ބޮޑުގަހެއް ހުޅުމާލޭގެ ފުރަތަމަފިޔަވަހީގައި ހުރެއެވެ. އަންމަލްތާސް ގަހަކީ އެގަހުގައި ރީނދޫ ކުލައިގެ ބޮޑެތި ދިގު މައުކޯޅިތަކެއް ނުކުންނަ ބިޔަކޮށްހެދޭ ގަހެކެވެ. މިއީ އާންމުގޮތެއްގައި 10-15 މީޓަރުގެ އުސްމިނެއްގައި ހެދޭ ގަހެކެވެ. އަދި ލަކުޑިގަނޑު ސީދަލަށް މައްޗަށް ހެދޭ އާންމުގޮތެއްގައި ވަށަމިނުގައި 1 މީޓަރު ހުންނަ ގިނަގޮފިތަކެއް ހުންނަ ވަރަށްރީތި ގަހެކެވެ. މިގަހުގެ ފަތަކީ ދެފަޅިއަށް ހުންނަގޮތަށް ދިގުމިނުގައި 30-40 ސެންޓިމީޓަރު […]