ދުނިޔޭގެ އުފަލާއި އަރާމަކީ ހިނދުކޮޅެއްގެ ކަމެއް!

މާތް ﷲ އިންސާނުން މިދުނިޔެއަށް ފޮނުއްވާފައި ވަނީ ނިސްބަތުން ވަރަށް މަދު ދުވަސްކޮޅަކަށެވެ. ކޮންމެ މީހަކީވެސް ވަކި އަޖަލެއް ކަނޑައެޅިފައިވާ މީހެކެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ދަންފަޅި ހަމަކުރުމަށްފަހު މާތް ﷲ ހަޟްރަތަށް އެނބުރި ދާންޖެހޭނެ މީހެކެވެ. އެއްވެސް މީހަކީ ތާއަބަދު މި ދުނިޔޭގައި ހުންނާނޭ މީހެއް ނޫންކަން އަހަރުމެން އެންމެންވެސް ދަންނަމުއެވެ. ދުނިޔޭގައި އުޅުމަށްޓަކައި މާތް ﷲ އަހަރުމެންނަށް ދެއްވާފައި މިވާ ހަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފާ އުޚްރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް މަސައްކަތްކުރަން ޖެހެއެވެ. […]