ރަސޫލާ ﷺ ގެ ސީރާ: ޢުމަރުގެފާނާއި ޙަމްޒަތުގެފާނު އިސްލާމްވެވަޑައިގަތުން

ރަސޫލާ ﷺ ގެ ސީރާ ވިހިވަނަ ބައި މުސްލިމުން ދެވަނަ ފަހަރަށް ޙަބުޝް ކަރައަށް ހިޖުރަކުރިއިރު މައްކާގައި ތިބީ މަދު މުސްލިމުންކޮޅެކެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ 37 ނުވަތަ 38 މުސްލިމް ފިރހެނުންނެވެ. ކަންމިހެން އޮއްވާ މާތް ﷲ ގެ ހެޔޮ ރަހުމަތުން ދެ ބޭކަލަކު އިސްލާމް ދީން ގަބޫލުރެއްވިއެވެ. އެއީ ޙަމްޒާ އިބުނު ޢަބުދުލްމުއްޠަލިބާއި ޢުމަރު އިބުނު އަލްޚައްޠާބުއެވެ. ހަމްޒާއަކީ ރަސޫލާ ﷺ ގެ ބޮޑުބޭބެއެކެވެ. ހަމްޒާއަކީ ޝިކާރަކުރައްވައި ދުނި އުއްކެވުމަށް ކުޅަދާނަ ބޭކަލެކެވެ. އެކަލޭގެފާނު […]