ތަޖުރިބާގެ އަލީގައި އަބޭ މިގެނެސްދެނީ 'ލަ އަމީގޮސް' މެދުވެރިކޮށް މީރު ކެއުންތަކެއް!

ޅ. ހިންނަވަރަށް އުފަން އަބްދުﷲ މުހައްމަދު (އަބޭ) އަކީ، ހުޅުމާލޭގައި އަލަށް ހުޅުވި 'ލަ އަމީގޮސް' (LA AMIGOS) ރެސްޓޯރެންޓް ވުޖޫދަށް ގެނައުމުގަ އެންމެ ބުރަކޮށް މަސައްކަތްކުރި ޒުވާން ހިންގުންތެރިއެކެވެ. އަބޭ، ފުޑް އެންޑް ބެވަރޭޖް ދާއިރާގައި މަސައްކަތްކުރާތާ ވަނީ 14 އަހަރު ވެފައެވެ. ދާއިރާގެ ފެށުން ގްރޭޑް 10 ނިންމާލި ގޮތަށް ބޭބެގެ އެދުމުގެ މަތިން ކުރިމަތިލީ 'ފޯ ސީޒަން ކުޑަހުރާ' އިން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމަކަށެވެ. އެއް އަހަރު ދުވަހުގެ އެކޯސް ފުރިހަމަ ކުރުމަށްފަހު […]