މޫދުގައި އުޅޭ ގޮނުމަސް އެނގެނީ ކިހާވަރަކަށް؟

ގޮނަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފަޅުތަކާއި ފަރުތަކުގައި އުޅޭ ބާވަތެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 17.7 އިންޗި ނުވަތަ 45 ސެންޓިމީޓަރަށެވެ. މި މަހަކީ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައާއި ބަނޑުދަށްފަރާތު ކޮތަރިބައިގައިވެސް 9 މަޑުކަށި ހުންނަ އަދި ކަރުތާފަތް ކައިރީ ކޮތަރިބައިގައި 11 މަޑުކަށި ހުންނަ މަހެކެވެ. ހަތަރު އަރިގޮތަށް ފޮށިގަނޑެއްހެން ހުންނަ ބޮޑުވާވަރަކަށް މަހުގެ ބައްޓަން ދިގުވާ ނިގޫފަތުގެ ކޮޅު ވަށްކޮށް ހުންނަ މަހެކެވެ. މިބާވަތުގެ މަސްތަކަކީ ބާރަށް ދުވެއުޅެވޭ ބާވަތުގެ މަހެއް ނޫނެވެ. […]
ތުލުސްދޫ އާއިޝަތު އާދަމްގެ މަޖާ މަސްދަތުރު!

ޒީޓައިމްސްގެ މިފަހަރު ދަތުރު ޚާއްސަކޮށްލީ ކ.ތުލުސްދޫ އަށެވެ. މިގޮތަށް ކުރާ ދަތުރުތަކުގައި އެކި މީހުންނަށް ދިމާވެފަހުރި ޝައުގުވެރި މަޖާ ކަންތައްތަކުގެ ވާހަކަތައް ޒީޓައިމްސް އިން ދަނީ ކިޔުންތެރިންނަށް ގެނެސްދެމުންނެވެ. ތުލުސްދޫގައި އެންމެ ގިނަ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އާއިޝަތު އާދަމް އަކީ 6 ކުދިންގެ މަންމައެކެވެ. އާއިޝަތު ބުނާގޮތުން އޭނާގެ އުމުރު އުޅެނީ 70 އަށްވުރެ މަތީގައެވެ. ސީދާ އުމުރެއް ބުނަން އޭނާއަށް ނޭނގެއެވެ. ފެންނަފެނުމަށް 80 އަހަރު ވެދާނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް ހަރަކާތްތެރިކޮށް ފެންނަ […]