ކެންސަރުގެ ވޭނުގައި އަތް ބުރިކުރުން: ހިތްވަރާއެކު ދިރިއުޅުމައިގެން ކުރިއަށް!

ދިރިއުޅުމަކީ ހަނގުރާމައެކެވެ. މިހަނގުރާމަ ކާމިޔާބު ކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހަކަށެވެ. ހދ. ހަނިމާދޫ ޝަބުނަމްގެ ޙަސަން މުޙައްމަދަކީ ވެސް އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އައި މީހެކެވެ. އެހެންނަމަވެސް ކޮވިޑްގެ ގަދަ ތޫފާނުގެ ދުވަސްވަރު 35 އަހަރުގެ ޙަސަންގެ ދިރިއުޅުމަށް އައީ ހީވެސް ނުކުރާފަދަ ބާރުގަދަ ކޮޅިގަނޑެކެވެ. އެކޮޅިގަނޑުން ސަލާމަތްވުމަށް އިތުރު ފަރުވާއަށް އެއިރު ފުރޭނެ ގޮތްވެސް ނެތިފަ ހުންނަން ޖެހުނީ ހިތާމައިގެ ކަނޑެއްގައި ފަތަފަތައެވެ. ޙަސަން ވަނީ އޭނާގެ ދިރިއުޅުން ބަނަކޮށްލި ހިތްދަތި ކަންތައް 'ޒީޓައިމްސް' […]

އުނި: ބޮލުގަ އުނިމާ ހަރުކޮށް، ހާރުހަދާ ކަރުގަ އަޅައިގެން އުޅުނީ ކޮންބައެއް؟

އުނި ގަހަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފަސޭހައިން ހެދޭ ބާވަތެއްގެ ގަހެކެވެ. މިގަހަކީ 6-19 ފޫޓުގެ އުސްމިނުގައި ހެދޭ ލަކުޑިގަނޑު އަޅިކުލައިގައި ހުންނަ ގަހެކެވެ. ފަތުގެދިގުމިނުގައި 6-9 ފުޅާމިނުގައި 4-7 އިންޗިއަށް ވަށްކޮށް ގަދަފެހިކުލައިގެ ފަތްތަކެއް ހުންނަ ގަހެކެވެ. އާންމުގޮތެއްގައި އޮކްޓޯބަރ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މިގަހުގައި މާ އަޅައެވެ. ހުދުކުލާގައި އަށްފިޔައަށް މިގަހުގައި އަޅާ މަލުގައި ފޮނި މީރުވަހެއް ދުވައެވެ. އެހެންކަމުން ކުރީޒަމާނުގައި ބައެއް އަންހެން ކުދިން ނަލަހެދިލައިގެން ބޮލުގައި އުނިމާ ހަރުކޮށް […]