ފޮޓޯ: އެންއެޗްގޭމް އިން ބޭއްވި އެނުއަލް ޖެނެރަލް މީޓިންގ!

ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް) އިން ބޭއްވި އެނުއަލް ޖެނެރަލް މީޓިންގައި ވަނީ މި ޖަމްއިއްޔާގެ އާ ލޯގޯ އާއި ސްލޯގަން ދައްކާލާފައެވެ. އާ ސްލޯގަން އަކީ 'އައިއޭމް މޯލްޑިވްސް' އެވެ. ރާއްޖޭގެ ގެސްޓްހައުސްތައް އިސްތިހާރު ކުރުމަށް އެންއެޗްގޭމް އިން ހަރަކާތްތަކެއް ރާވަމުން އަންނައިރު، މިޖަމްއިއްޔާގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ ޔުކްރޭނުގެ ހަނގުރާމައިގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި ހީނަރުވެ 15 އިންސައްތައިގެ ދަށްވުމެއް ފާހަގަވެފައިވާކަމަށެވެ. މިރަސްމިއްޔާތުގައި އަބްދުﷲ އިތުރަށް ވިދާޅުވީ، […]
ރަސޫލާ ﷺ ގެ ސީރާ: ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމާއި ގުޅޭ ތަފާތު ހާދިސާތައް!

ޢުމަރުގެފާނު އިސްލާމްވެވަޑައިގަތް ގޮތާބެހޭގޮތުން އިތުރު ރިވާތައްވެސްވެއެވެ. އެފަދަ ރިވާއެއް ބުނާގޮތުން އެއް ރެޔަކު ބަނގުރަލަށް ބޭނުންވެފައިވާލެއް ބޮޑުކަމުން ޢުމަރުގެފާނު ބޭރަށް ނިކުމެވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނު ވެދެވަޑައިގަތީ އާންމުކޮށް ޒުވާނުން ބަނގުރާބޮއެ ހަދާ ގެއަށެވެ. އެގޭގައި މީހަކު ނެތުމުން ދެން އެކަލޭގެފާނު ވަޑައިގަތީ އެފަދަ އަނެއްގެއަށެވެ. އެގޭގައިވެސް މީހަކު ނެތުމުން ދެން ވަޑައިގަތީ ބަނގުރާ ވިއްކާ މީހެއް ކައިރިއަށެވެ. ބަނގުރާ ވިއްކާ މީހާ ނެތުމުން ދެން އެކަލޭގެފާނު ނިންމެވީ ބަނގުރަލަށްޖެހިފައި ހުރި ބޭނުން ކުޑަކުރެއްވުމަށްޓަކައި ހަރަމްފުޅަށް ވަޑައިގެން ޠަވާފުކުރެއްވުމަށެވެ. […]