އާއިލީ ގުޅުމަކީ އެއްކޮޅުން ބޭނުންވެގެން ބޭއްވޭނެ އެއްޗެއް ނޫނެވެ!

އާއިލާ އަކީ ލޭގެ ގޮތުން އަދި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހުންނެވެ. އާއިލީ ގުޅުން ދެމެހެއްޓުމަށް އިސްލާމް ދީނުގައި ވަރަށްބޮޑަށް ވަނީ ބާރު އަޅުއްވާފައެވެ. އާއިލީ ގުޅުން ބަދަހި ކުރުމަށް އަޅުގަނޑުމެން އެންމެންވެސް އިސްކަންދޭން ވާނެއެވެ. އެކަކު އެކަނި އެގުޅުން ބަދަހިކުރާނީ ކިހިނެއްހެއްޔެވެ؟ އެއީ ކުރަން ފަސޭހަކަމެއް ނޫނެވެ. އެކަމަކު ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއްބަޔަކު އާއިލީ ގުޅުން އިތުރަށް ގޯސްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރިއަސް ތިމާ އެކަމަށް އިޖާބަ ނުދޭންވީއެވެ. އެދައްކާ ވާހަކަތައް އަޑުނީވޭ ކަމަށް […]