ވީޑިއޯ: ދަނޑުވެރިކަން ކުރާ އަންވަރުގެ އެންމެބޮޑު ކަންބޮޑުވުން!

ފިނިކުރި ތަރުކާރީއާއި ކުކުޅުމަސް އަގުހެޔޮކޮށް ގަތުމަށް ހެޔޮފިހާރަ!

ފިނިކުރި ތަރުކާރީ އާއި ކުކުޅުމަހަކީ ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކެވެ. އަގުހެޔޮކޮށް ފެންވަރު ރަނގަޅު މުދާ ގަތުމަށް ބޭނުންވާ މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ހެޔޮ އިންވެސްޓްމެންޓްގެ 'ހެޔޮ ފިހާރަ' އަކީ ފިނިކުރި މުދާ އެއްތަނަކުން ވިއްކުމަށް ޚާއްސަ ފިހާރައެކެވެ. ހެޔޮއިންވެސްޓްމެންޓް ކުންފުނީގެ ވެރިޔާ ފާތިމަތު އަޒުހީމާ 'ޒީޓައިމްސް' އަށް މައުލޫމާތު ދިންގޮތުގައި 'ކޮވިޑް 19' ގެ ލޮކްޑައުންއަށްފަހު 2020 ވަނަ އަހަރުގެ ޑިސެންބަރުމަހު 'ހެޔޮ ފިހާރަ' ހުޅުވުމުގެ މަގުސަދަކީ އެހެން ފިހާރަތަކަށް ވުރެ ހެޔޮ […]
ދަނޑުވެރިކަން ކުރާ އަންވަރުގެ އެންމެބޮޑު ކަންބޮޑުވުން!

މިއީ ކ. ތުލުސްދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މުރާލި ހިތްހެޔޮ މީހެކެވެ. އަންވަރުބެގެ ނަމުން މަޝްހޫރުވެފައިވާ މި ދަނޑުވެރިޔާގެ ދަނޑުތަކުގައި ހައްދަނީ، ކޮޕީފަތް، މިރުސް، ބަށި އަދި ލޭޑީސްފިންގާ އެވެ. 'ޒީޓައިމްސް' އިން ތުލުސްދޫ އަށް ކުރި ދަތުރުގައި އަންވަރުގެ ދަނޑުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. " ލޭޑީސްފިންގާ ހައްދާތާ ދުވަސްކޮޅެއްވެއްޖެ. ކަނޑަން ލިބޭ 2 މަހެއްހާ ދުވަހުން. އެއީ އޮށް އިންދާތާ. މިފަތްތަކުގަ ހޭކުނީމަ ގައި ހިރުވާނެ. އެހެންވެ ފެން ދޭން […]