ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: އޯޓިޒަމް އާއި އާދަޔާޚިލާފް ވިސްނުންތޫނު ކަމާއި ގުޅުމެއް ނުވޭބާ؟

އާދަޔާ ޚިލާފް ވިސްނުންތޫނު ކަމާއި ހުނަރުތައް ލިބިގެންވާކުދިންގެ ތެރޭގައި އޯޓިސްޓިކް ކުދިން ހިމެނިފައިވާ ކަމަށް މީހަކު ބުނެފިނަމަ ގަބޫލުކުރެވޭނެ ހެއްޔެވެ؟ އެމެރިކާއަށް އުފަން އުމުރުން 13 އަހަރުގެ ޖެކޮބް ބާނެޓަކީ، އޯޓިސްޓިކް ކުދިންނަކީ ހުނަރުވެރި ކުދިންކަމަށް ހެކިދޭނެ ފަދަ މިސާލެކެވެ. ޖެކޮބްގެ ހިސާބު އިލްމުގެ ހުނަރަކީ ހިސާބުއިލްމުގެ ޕްރޮފެސަރުން ސިއްސުވާލިފަދަކަމެކެވެ. ހިސާބުއިލްމުގެ ބައިތައް ކަމަށްވާ، އަލްޖިބްރާ، ޖިއޮމެޓްރީ، ކަލްކިއުލަސް އަދި ޓްރިގޮނޮމެޓްރީ ފަދަ ބައިތައް ޖެކޮބް ޓީޗަރެއްގެ އެހީއާނުލައި އެއްހަފްތާތެރޭގައި ދަސްކުރިއެވެ. ޖެކޮބްގެ އައި.ކިއު ލެވެލް ނުވަތަ […]
ހާދިސާ: މޫސަގެ ހަވާދު އިންދުން

ރާއްޖޭގެ ފަޅުރަށްރަށުގައި ހަވާދުގެ ބާވަތްތައް އިންދައި ހެއްދުމަށް ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ރަށްވެހިންނަށް އެންގުމާއިގުޅިގެން 'ފަހިފެހިފަތު'ގައި ހަވާދުގެ ބާވަތްތައް އިންދައި ހެއްދުމަށް އެރަށުގެ އެއްވަނަ ވެރިޔާ 2 ވަނަ ރަށްވެރިޔާ އަށް އެންގިއެވެ. 2 ވަނަ ރަށްވެރިއަކީ ރަށް ބަލަހައްޓާ ވިޔަވެތި މޫސައެވެ. މޫސަ ހުންނަނީ އޭނާގެ ރަށުގައެވެ. 1 ވަނަ ރަށްވެރިޔާ ދިރިއުޅެނީ މާލޭގައެވެ. ހަވާދު އިންދައި ހެއްދުމަށް 1 ވަނަ ރަށްވެރިޔާ ވަނީ ބައެއް ބާވަތުގެ މުޑުވައްވެސް ފޮނުވާފައެވެ. އަދި ދަނޑުވެރިކަމާބެހޭ ވުޒާރާއިން މިކަން ބަލައި […]