މީރު ބިސްރޮނޑުމަސް ކެއިންތަ؟

ބިސްރޮނޑަކީ ރާއްޖޭގެ ފަރުތަކުގައި ގިނަ އަދަދަކަށް އުޅޭ ބަލާލަން ވަރަށް ޗާލު މަހެކެވެ. 50 ސެންޓިމީޓަރަށް ބޮޑުވާ ތުންގަނޑު ކުޑަ ވަރުގަދަ ދަތްތަކެއް ހުންނަ މިމަހަކީ ދިވެހިންގެ ތެރޭގައި ކެއުމަށް ބޭނުންކޮށްއުޅޭ ބާވަތެއްގެ މަހެކެވެ. މިމަހަކީ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 24-26 މަޑުކަށި ހުންނަ ބަނޑުދަށްފަރާތު ކޮތަރިބައިގައި 21-23 ދެމެދުގެ އަދަދަކަށް މަޑުކަށި ހުންނަ މަހެކެވެ. މިމަހަކީ މައިގަނޑުގޮތެއްގައި ކަޅުކުލާގައި ހުންނަ މަހެކެވެ. ބަނޑުދަށްފަރާތުގައި ހުދުކުލައިގެ ބޮޑެތި ލައްތައް ހުރެއެވެ. ތުނބުގެ ވަށައިގެން ހުންނަނީ […]
ރިވާ ސްޕީޑް: ލޯންޗު ދަތުރުގެ އިތުރަށް ވިޔަފާރި ފުޅާކުރުމަށް އަވަދިނެތި

މާލެއިން ތުލުސްދޫ އަށް 'ޒީޓައިމްސް'އިން ދިޔައީ 'ރިވާ ސްޕީޑް' ލޯންޗެއްގައެވެ. ތުލުސްދޫ އަށް ޚާއްސަ ރިޕޯޓްތަކެއް ގެނެސްދިނުމަށް ކުރި ދަތުރުގައި ފާހަގަކުރެވުނީ ރިވާ ސްޕީޑް މި ކުންފުންޏަކީ ތުލުސްދޫގެ ޒުވާނެއްގެ އިސްނެގުމަށް އަދި އެރަށަށް އުފަން 11 މުވައްޒަފުންނާއެކު ފުޅާދާއިރާއެއްގައި ހިންގަމުންދާ ވިޔަފާރިއެއްކަމެވެ. މި ވިޔަފާރީގެ އިސްވެރިޔާ އަބްދުﷲ ރަމްޒީ މައުލޫމާތު ދިންގޮތުގައި ލޯނު ނަގައިގެން ފެށި މިވިޔަފާރީގެ ދަށުން އެންމެ ފުރަތަމަ ލޯންޗެއް ދުއްވަން ފެށީ 2018 ވަނަ އަހަރުގެ މާރިޗް މަހުގައެވެ. އެއަށްފަހު ދެވަނަ […]