ރަސޫލާ ﷺ ގެ ސީރާ: އުމަރުގެފާނު އިސްލާމްވެވަޑައިގަތުމުން ކަންތައް ދިމާވިގޮތް!

ޞަޙާބީއަކަށް ޢުމަރުގެފާނު ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. 'ޔާ ރަސޫލާ ﷺ، ޢުމަރުގެފާނު ބޭރުގައި ކަނޑިއަކާއެކު އެބަހުންނެވިއެވެ.' ދެން ހަމްޒާ ވިދާޅުވިއެވެ. 'އެކަލޭގެފާނު ވައްދަވާށެވެ. ﷲ އިރާދަކުރައްވަނީ ރަނގަޅުގޮތް ކަމުގައިވާނަމަ އެކަލޭގެފާނު އިސްލާމްވެވަޑައިގަންނަވާނެއެވެ. ﷲ އެނޫންގޮތެއް ދައްކަވައިފިނަމަ އެކަލޭގެފާނުގެ ނިމުންވަނީ އެކަލޭގެފާނުގެ ކަނޑީގައެވެ.' ދެން ބައެއް ޞަޙާބީން ޢުމަރުގެފާނު ރަސޫލާ ﷺ އަރިހަށް ގެންދެވިއެވެ. އެއަށްފަހު އެކަލޭގެފާނު ރަސޫލާ ﷺ ގެކުރިފުޅުމަތީގައި އިށީންނެވިއެވެ. އިބުނު އިސްޙާޤު ބަޔާންކުރައްވާގޮތުގައި އެހިނދު ރަސޫލާ ﷺ ޢުމަރުގެފާނުގެ ގިރުވާނުގައި ހިއްޕަވާފައި ސުވާލުކުރެއްވިއެވެ. 'އިބުނު އަލްޚައްޠާބު، […]