އާސްނާއިން: ހިތްހަމަޖެހޭ މާހައުލެއްގައި އަގުހެޔޮކޮށް ޗުއްޓީ ހޭދަކޮށްލަން ރަނގަޅު ފުރުސަތެއް!

ކ.ތުލުސްދޫ އަކީ މާލެ އިން ލޯންޗުގަ 30 މިނިޓުން ދެވެން އޮންނަ ހިތްގައިމު ރަށެކެވެ. މިރަށުގައި ތަފާތު އަގުތަކުގެ ކޮޓަރި ލިބެންހުރި ގެސްޓްހައުސްތައް ހުރިއިރު 'އާސްނާއިން' ގެސްޓްހައުސް އަކީ ފާހަގަކޮށްލެވޭ ތަނެކެވެ. އާސްނާއިން އަށް ވަންނައިރު ފެންނާނީ ފެހިކަންގަދަ ރީތި ގަސްތަކެކެވެ. ހިތްގައިމު ބޮޑު ޓެރަހެއް ހުރިއިރު ކޮޓަރިތަކުގެ ޖާގަ ވަރަށް ތަނަވަހެވެ. މީހުން ގަޔާވާނެ ގޮތަށް ފަރުމާކޮށްފައިވާ 12 ކޮޓަރީގެ މިތަނުގެ އަގުތައްވެސް ހުރީ އަތްފޯރާ ފަށުގައެވެ. އާސްނާއިންގެ އިސްވެރިއެއް ކަމުގައިވާ އައިމިނަތު އަޒީމާ މައުލޫމާތު […]