ޒީޓައިމްސް ބަދިގެ: ލެމަން ކްރީމް ޑޯނަޓްސް

ބޭނުންވާތަކެތި: 500ގ. ފުށް 2 ބިސް (ގިރާފައި) 50ގ. ބަޓަރު 10ގ. އީސްޓް 8ގ. ލޮނު 200 އެމްއެލް ދިޔާކިރު 50ގ. ހަކުރު ތައްޔާރުކުރާނެ ގޮތް: ފުށް ތައްޓަކަށް އަޅާލާށެވެ. އީސްޓް، ހަކުރު، ލޮނު، ބިސް، ބަޓަރު، ކިރު އެއްކޮށްގެން ވަރަށް ރަނގަޅަށް މޮޑެލާށެވެ. ފުށްގަނޑު މަޑުވަންދެން ނުވަތަ ރަނގަޅަށް ފުފެންދެން ބާއްވާށެވެ. ފުށްގަނޑުން ކޮންމެ ގުޅައެއް 35ގ. ހުންނަވަރަށް ކަނޑާފައި ޓްރޭގައި އަތުރާލާފައި 1 ގަޑި އިރުވަންދެން ކަވަރކޮށްފައި ބަހައްޓާށެވެ. އެއަށްފަހު ގުޅަތަކުގެ މެދުން ލޯވަޅެއް […]
ރަހުމަތްތެރިކަން ނެތިގެން ހިނގައިދާނެ ބަހެއް ރައްޓެއްސަކާ ދިމާއަށް ބުނެގެން ނުވާނެ- ޚުތުބާ

މާތް ﷲ އެކަލާނގެ ޚަލްޤުކުރެއްވި އެއްޗެހި ތަފާތު ޖިންސުތަކަށް ތަފާތު ގިންތިތަކަށް ތަފާތު ސިފަސިފައިގައި ހެއްދެވީ، އަހަރެމެން އެއިން ފައިދާ ލިބިގަތުމަށްޓަކައެވެ. އެއިން މޮޅު ވިސްނުންތަކާއި ހަރުދަނާ ހިޔާލުތައް ހޯދުމަށްޓަކައެވެ. އޭގެ ބޭނުންކޮށްގެން އަހަރެމެންގެ އުފެއްދުންތައް ގިނަކޮށް ކާމިޔާބީތައް އިތުރުކުރުމަށްޓަކައެވެ. ރުޅިވެރިކަމާއި އަދާވާތްތެރިކަމާއި ގުޅުން ކެނޑުމާ ދުރުހެލިވުމަށްޓަކައެވެ. އިސްލާމްދީން ގޮވާލަނީ ރަނގަޅު ގޮތުގައި މިތަފާތުތަކުގެ ބޭނުން ހިފުމަށެވެ. ޚިޔާލު ތަފާތުވިއަސް ވާހަކަދެއްކުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކެއް ވެއެވެ. އެކަކު އަނެކަކުގެ އަބުރު ކަތިލައިގެން ނުވާނެއެވެ. އެކަކު އަނެކަކުގެ އިއްޒަތާއި […]