ކުޑަކުދިންނަށް ކެތްތެރިވާން ދަސްކޮށްދެވިދާނެ ގޮތްތަކެއް!

ކުޑަކުދިންނަކީ އެކުދިން ބޭނުންވާ ކަންތައްތައް ވަގުތުން ވަގުތަށް ކުރަން ބޭނުންވާ ބައެކެވެ. ބޭނުންވާކަމެއް ނުވެއްޖެނަމަ ބޮޑާހޭކުން، ނުވަތަ ރުޅިއައުންފަދަ ކަންތައްތައް އެކުދިންގެ ކިބައިން ފެނެއެވެ. ކެތްތެރިވާން ދަރިފުޅަށް ދަސްކޮށްދިނުމަށް ތިރީގައިމިވާ ކަންތައްތައް ކުރެވިދާނެއެވެ. ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ. ދަރިފުޅު ކަމަކަށް އެދި ވާހަކަދައްކާނަމަ ކަނުލާ އެވާހަކަ އަޑުއަހާށެވެ. އަދި އެއެދޭ ކަމަކީ ކުރުމަށް ވަގުތު ނަގާނެކަމެއްކަން އެކުދިންނަށް އެނގޭނެ ގޮތަކަށް ކިޔައިދޭށެވެ. އަދި އެކަމަށް ވަގުތު ހޭދަވާ ސަބަބުވެސް ބުނެދޭށެވެ. ކެތްތެރިކަމަކީ ކިހާ އުދަގޫ ކަމެއްކަން […]