ބިރުވެރި ވާހަކަތަކުގެތެރެއިން: ކާޅުގުއިރޭ މަގުގެ ސިއްރު

މީގެ ފަންސާހަކަށް އަހަރު ކުރީގައި ކާޅުގުއިރޭ މަގަކީ ވަރަށް މަޝްހޫރު ބިރުވެރި މަގެކެވެ. ވަރަށް ގިނަ ބަޔަކު ދަންނަ ނާމާން މަގެކެވެ. އެހެންގޮތެއް ނެތިގެން ނޫނީ ޚާއްސަކޮށް ރޭގަނޑު ގިނަމީހުން އެމަގަކުން ހިނގާބިނގައެއް ނޫޅޭނެއެވެ. ފެނި ކުރިމަތިވާ ހައިރާންކުރުވަނިވި ކަންކަމާހުރެ އެވެ. ބުނެ ކިޔައިދޭގޮތުގައި އެމަގުން ރޭގަނޑު ވަކިދަމެއްގެ ފަހުން ތަފާތު ކަންކަމާ ދިމާވުމަކީ ވަރަށް އާއްމު ކަމެކެވެ. ސަލްޓަންޕާކުގެ ހުޅަގުން އޮންނަ މިމަގުން ފެނުނުކަމުގައި ކިޔައިދީފައިވާ ކަންކަމުގެ ތެރޭގައި އެންމެ ގިނަކަމަށް ފާހަގަކުރެވެނީ ހުދު ނުވަތަ […]